ރާއްޖޭގައި ރާވިއްކުން އާންމުކުރަން މަސަތްކަތް ކުރާމީހުނަށް -ޑރ. ޒާކިރު ނައިކްގެ ފަރާތުން ނަސޭހަތްކޮޅެއް!
>> 19.11.09
ހުރިހާ ނުބައި ކަމެއްގެ މަންމަ – ރާބުއިން
ވޯޑް ހެލްތު އޮގަނައިޒޭޝަންގެ (ރިޕޯޓްތަށް) ބުނާގޮތުން ކޮންމެ އަހަރަކު އެތައް މިލިޔަން މީހުނެއް ރާބުއިމުގެ ސަބަބުމްމަރުވެއެވެ. މަސައްކަތުގެ ދާއިރާގައި އަޅުގަނޑުގެ އެކުވެރި ޞިއްޙީ ޑޮކްޓަރުން ބުނުއްވަނީ ރާބުއިމަކީ (ނުވަތަ އެކަމަށް ދެވިހިފުމަކީ) މިއަދު އެއީ ބައްޔެއް ކަމުގައެވެ. އެހެންކަމުން ވަކި މިންގަޑެއްގެ ތެރޭގައި ރާބޯ ބަލިމީހުނަށް ބަލިމީހުނަށް އަޅާލާފަދައިން އަޅާލަންޖެހޭނެކަމުގައި އެމީހުންބުނެއެވެ. ތަރުޖަމާ:ރާބުއިމަކީ އަސްލު ހަޤީޤަތުގައި ބައްޔެއްކަމަށް ވާނަމަ:
ފުޅިއަށް އަޅައިގެން ވިއްކޭ (ވިޔަފާރިކުރެވޭ) ހަމައެކަނި ބައްޔަކީ ރާބުއިމެވެ.
ނޫސްތަކުގަޔާއި، މެގަޒިންތަކުގަޔާއި، ރޭޑިއޯއާއި ޓީވީގެ ޒަރީޔާއިން (ބަލިވުމަށް ގޮވާލައި) އިޝްތިހާރުކުރެވޭ ހަމައެކަނި ބައްޔަކީވެސް އެއީއެވެ.
އަދި (ސަރުކާރުތަކުގެ) ހުއްދަ ލައިސަންސް ލިބިގެން ފަތުރައި އާންމުކުރާ ހަމައެކަނި ބައްޔަކީވެސް އެއީއެވެ.
އަދި އެބައްޔެއް ފަތުރައިގެން ސަރުކާރުގެ ބައިތުލްމާލަށް ފައިދާ އިތުރުކުރާ ހަމައެކަނި ބައްޔަކީވެސް އެއީއެވެ.
އަދި ބޮޑެތި މަގުތަކުގައި އަނިޔާވެރި އެކްސިޑެންޓްތަށް ހިގުމަށް މެދުވެރިވާ ބައްޔަކީވެސް އެއީއެވެ.
އެއީ އާއިލާތަކުގެ ދިރިއުޅުން ހަލާކުކޮށް ބަރުބާދުކޮއްލާ ބައްޔެކެވެ.
އަދި އެއީ އިންސާނުންގެ ތެރޭގައި ޤަތުލުއާމު އާންމުވުމަށް މަގުފަހިކުރާ ބައްޔެކެވެ.
އެއީ ގުޅަބޭހަކުން ފަރުވާނުކުރެވޭ ހަމައެކަނި ބައްޔެވެ.
ނަމަވެސް،
އަހަރުމެންގެ ނެތުމުގެ ތެރެއިން އުފެއްދެވި ކަލާނގެ، އެކަނލާގެ އެންމެ ފަހުން ބާވާލެއްވި ކީރިތި ޤުރުއާނުގެ ސޫރަތުލް މާއިދާގެ 90 އާޔަތުގައި އަންގަވަނީ:
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިތާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ. އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ."
އެހެންކަމުން ރާބުއިމަކީ ބައްޔެއް ނޫނެވެ.
އެއީ ޝައިތާނާ ފަހިކޮއްދޭ ޝައިތާނާގެ ޢަމަލެކެވެ. އެހެންކަމުން ރާބުއިމާ ދުރުހެލިވެގަނަންނާށެވެ. އޭރުން ދިންނަވާ ނަސީބުލިބޭ ބަޔަކަށްވާނެއެވެ.

0 comments:
Post a Comment